އައފޯން 11 ނެރެފި، އަގުތައް 600 ޑޮލަރުން މަތީގައި
އައފޯން 11 ނެރެފި، އަގުތައް 600 ޑޮލަރުން މަތީގައި

ވަރުގަދަ އާ ކެމެރާ ހާޑްވެއާ އާއެކު އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު "އައިފޯން 11" ސީރީޒްގެ ފޯނުތައް ދައްކާލައިފި އެވެ.

އެޕަލް ކުންފުނީގެ އާ އައިފޯނުތައް ދައްކާލާފައިވަނި އެޕަލް އިން ކެލިފޯނިއާގެ ކޫޕަޓީނޯ ކެމްޕަސްގައި މިރޭ ބޭއްވި އެޕަލްގެ އަހަރީ އިވެންޓުގަ އެވެ. "އިނޮވޭޝަންސް އޮންލީ" އިވެންޓުގައި އެޕަލް އިން ވަނީ މިދިޔަ އަހަރެކޭ އެއްގޮތަށް އާ އައިފޯނު ސީރީޒްގެ ތިން ފޯނެއް ދައްކާލާފަ އެވެ.

މިއަހަރުގެ އައިފޯނަށް ކިޔާނީ އައިފޯން 11 ޕްރޯ އާއި އައިފޯން 11 ޕްރޯ މެކްސް އަދި އައިފޯން 11 އެވެ. މިއަހަރުގެ އައިފޯނުގައި ވަރުގަދަ ކެމެރާ ފީޗާއެއް ވަނީ ހިމަނާފަ އެވެ. ކެމެރާގެ ހާޑުވެއާ ވަރުގަދަކޮށް އިތުރު ސެންސަރުތައް ވަނީ އާ ފޯނުގައި ބޭނުންކޮށްފަ އެވެ. މި އަހަރުގެ އައިފޯނު ކެމެރާގައި ވަނީ ވައިޑް އޭންގްލް ފޮޓޮގްރަފީ ތައާރަފުކޮށްފަ އެވެ.

އާ އައިފޯނުތަކުގެ ސްޕެސިފިކޭޝަންތަކަކީ؛

އައިފޯން 11 ޕްރޯ:

  • 5.8 އިންޗީގެ އޯލެޑް ޑިސްޕްލޭ

  • 2436*1125 ސްކްރީން ރެޒޮލިއުޝަން
  • 6 ޖީބީ ރެމް
  • އޭ13 ޗިޕްސެޓް
  • 12 މެގަޕިކްސެލް ފްރޮންޓް ކެމެރާ
  • 12 މެގަޕިކްސެލްގެ ތިން ރިއަރ ކެމެރާ
  • 3،190 މިލިއެމްޕިއާގެ ބެޓްރީ
  • ފޭސް އައިޑީ
  • 128 ޖީބީ / 256 ޖީބީ / 512 ޖީބީ

އައިފޯން 11 ޕްރޯ މެކްސް

  • 6.5 އޯލެޑް ޑިސްޕްލޭ

  • 2،688*1،242 ސްކްރީން ރެޒޮލިއުޝަން
  • 6 ޖީބީ ރެމް
  • އޭ13 ޗިޕްސެޓް
  • 12 މެގަޕިކްސެލް ފްރޮންޓް ކެމެރާ
  • 12 މެގަޕިކްސެލްގެ ތިން ރިއާ ކެމެރާ
  • 3،500 މިލިއެމްޕިއާ ބެޓެރީ
  • ފޭސް އައިޑީ
  • 128 ޖީބީ / 256 ޖީބީ / 512 ޖީބީ

އައިފޯން 11

  • 6.1 އިންޗީގެ އެލްސީޑީ ޑިސްޕްލޭ

  • 1،792*828 ސްކްރީން ރެޒޮލިއުޝަން
  • 4 ޖީބީ ރެމް
  • އޭ13 ޗިޕްސެޓް
  • 12 މެގަޕިކްސެލް ފްރޮންޓް ކެމެރާ
  • 12 މެގަޕިކްސެލްގެ ދެ ރިއަރ ކެމެރާ
  • 3،110 މިލިއެމްޕިއާ ބެޓެރީ
  • ފޭސް އައިޑީ
  • 64 ޖީބީ / 256 ޖީބީ / 512 ޖީބީ

މި ފޯންތަކުގެ އެންމެ ތަފާތު އެއް ކަމަކީ ކެމެރާ ކޮލިޓީ މަތިކުރުމެވެ. އެގޮތުން މި ފޯންތަކުން ނަގާ ފޮޓޯ ޑީޓެއިލްވާނެ އެވެ. އަދި ކުލަތައް ވެސް ރީތިވާނެ އެވެ. މީގެ އިތުުރުން ރޭގަނޑު ފޮޓޯ ނެގުމާއި ވައިޑް އޭންގަލް ފޮޓޯ އަދި ޒޫމްކޮށްގެން ފޮޓޯ ނެގޭ ފީޗާ ވެސް ވަނީ ހިމަނައިފަ އެވެ.

އައިފޯންގެ އާ ފޯންތަކާއި ކުރީގެ ފޯންތައް.

އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ އައިފޯނުވެސް އަގުހެޔޮ ކޮށް ގަންނާކަށް ނުލިބޭނެ އެވެ. އެގޮތުން އައިފޯން 11 އާރު ވިއްކަން ފަށާ އަގަކީ 699 އެމެރިކާ ޑޮލަރެވެ. އައިފޯނު 11 ޕްރޯ، 999 ޑޮލަރަށް ވިއްކަން ފަށާއިރު އައިފޯން 11 ޕްރޯ މެކްސް ވިއްކަން ފަށާ އަގަކީ 1،099 ޑޮލަރެވެ.

އާ އައިފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު މިއަންނަ ހުކުރު ދުވަހު ހުޅުވާލާނެ އެވެ. އެފޯނުތައް މާކެޓަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ގައެވެ.