ޓްވިޓާގައި އިސްލާމް ދީނަށް ފުރައްސާރަކުރި ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޓްވިޓާ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހި ގދ. ތިނަދުއަށް ނިސްބަތްވާ އެ މީހާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.

"ރުޝްމަތު" ނަމަކަށް ކިޔާ ޓްވިޓާ ހޭންޑުލްއަކުން ޓްވީޓްކުރާ އެ މީހާ ބުނެފައި ވަނީ ދީނާ ދެކޮޅު އެއްވުމެއް ތިނަދޫގައި އޭނާ ބާއްވައި އަދި ޒުވާނުންނަށް އޭނާ ދެކޭ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި ދީނާ ދެކޮޅަށް ކުރާ މަސައްކަތް އޭނާ ފާޅުގައި ފެއްޓީ ކަމަށާއި އިތުރު އެއްވުންތައް ވެސް ބާއްވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މީގެ އިތުރުން މާތްﷲ އާއި ރަސޫލާއަށް ބަދުބަސްތައް ރައްދުވާ ފަދަ އެއްޗިހި ވެސް އޭނާ ޓްވީޓްކޮށްފައިވެ އެވެ.