Last Updated: 6 year 3 month ago
Last Updated:
6 year 3 month ago
ރިލްވާންގެ މަރާ ގުޅޭ އޮޕަރޭޝަން: ގެތަކެއް ފާސްކޮށް ދެ މީހަކު ބެލުމުގެ ދަށަށް
ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ރަހީނުކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ތަހުގީގަށް މާލެ އާއި އައްޑޫގެ ބައެއް ގެތަކަށް ފުލުހުން ވަދެ ފާސްކުރަން ފަށައިފި. ފުލުހުން މި އޮޕަރޭޝަން ފެށީ މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު. އެގޮތުން ފަސް ތަނެއް އަންނަނީ ބަލައި ފާސްކުރަމުން.
23:14
ހުޅުމާލެ ވެސް ފާސްކުރަނީ
ރިލްވާންގެ މަރާ ގުޅިގެން ހުޅުމާލެ އާއި މާލޭގެ އިތުރު ދެ ތަނެއް ބަލައި ފާސްކުރާ ކަމަށް ފުލުހުން ބުނެފި. މާލެ އާއި އައްޑު ހިމެނޭ ގޮތުން މިރޭ އިރާކޮޅު 5 ތަނެއް ފާސްކުރި.
ގ. އެކްސެލް ގޭގައި ހިންގަނީ ރިލްވާންގެ މަރާ ގުޅޭ އޮޕަރޭޝަނެއް ނޫން ކަމަށް ފުލުހުން ބުނޭ. ފުލުހުން ބުނީ އެގެ ރެއިޑް ކުރަނީ ޑްރަގްގެ އޮޕަރޭޝަނެއްގެ ދަށުން ކަމަށް.
ފާސްކުރުން ނިންމާލައިފި
ފުލުހުން މާލޭގައި ބަލައި ފާސްކުރި ހަތަރު ތަން މިހާރު ވަނީ ބަލައި ފާސްކޮށް ނިންމާފައި. އޭގެ ތެރެއިން ދެ ތަނަކުން ޖުމްލަ ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ބެލެވޭ. ނަމަވެސް ހައްޔަރު ކުރި ކަމަށް ފުލުހުން ނުބުނޭ.

ވީބީ އައްޔަ ދިރިއުޅޭ ހ. ވާލީވިލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން --
ފުލުހުންގެ ސްޕޯކްސްޕާސަން އިޒްމިއާ ޒާހިރު ވިދާޅުވީ، ފުލުހުން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް. ނަަމަވެސް އެ މީހަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ފުލުހުން އެ މީހުން ގޮވައިގެން އެ ތަންތަނަށް ވެހިކަލްގައި ދަނީ ކަމަށް.
އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ސީކްރެޓް ރެސިޕީ ރެސްޓޯރަންޓް ހުންނަ ގ. އަނޫރާނީ ގެއިން ވެސް މީހަކު ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފައި. އެ މީހާ ގޮވައިގެން ފުލުހުންގެ ޖިޕް ދާދި ދެންމެ އެ ސަރަހައްދުން ނައްޓާލައިފި.
https://twitter.com/tedmaldives/status/1171452112879800320
ފުލުހުންގެ ބެލުމުގެ ދަށަށް ދާދި ދެންމެއަކު ގެންގޮސްފަިއ ވަނީ ރިލްވާން މަރާލުމާ ގުޅޭ ކޮމިޝަންގެ ރިޕޯޓްގައި ނަން ހިމެނިފައިވާ ޝައްފާފު މުހައްމަދު، ސ. ފޭދޫ. އެ ރިޕޯޓްގައިވާ ގޮތުން ރިލްވާން ރަހީނުކޮށް އަރުވައިގެން ގެންދިޔަ ރަތް ކާރުގެ ފަހަތުގައި އިނީ އޭނާ. ފުލުހުން މިރޭ ފާސްކުރާ ހ. ނައިޓްވިއުއަކީ އެގެ ކަމަށް ބެލެވޭ.

ފުލުހުން ބަލައި ފާސްކުރާ އޮޕަރޭޝަންގެ ތެރެއިން.

ހ. ނައިޓްވިއު ބަލައި ފާސްކުރާއިރު އެ ސަރަހައްދުގައި ހުރި މީހަކަށް ފުލުހުން ކޯޓް އަމުރު ދައްކަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހ. ނައިޓްވިއު ބަލައި ފާސްކުރަނީ: ރިލްވާން މަރާލުމާ ގުޅޭ ރިޕޯޓްގައި ނަން ހިމެނޭ މީހުންނާ ގުޅުން ހުރި ގޭގެޔަށް ފުލުހުން އަންނަނީ ވަންނަމުން -- ސަން ފޮޓޯ/ މުޒައްޔިން
ފާސްކުރާ ވީޑިއޯ
ފުލުހުން މިރޭ ފެށި އޮޕަރޭޝަންގައި ބަލައި ފާސްކުރަމުން ދަނީ ރިލްވާންގެ މަރުގެ ރިޕޯޓްގައި ނަންތައް ހިމަނާފައިވާ؛ ތ. އޮމަދޫ އަތިރީގޭ، ސާމިހު މުހައްމަދު (ސޯމިތު)، ހ. ވާލީ ވިލާ އަލީ ޝިޔާމް (ވީބީ އައްޔަ) އަދޮ ސ. ފޭދޫ، ގުރަހާގޭ އަހުމަދު އަގްލީލް (ކިޑޫ) އާ ގުޅުން ހުރި ތަންތަން.
ފުލުހުން އައްޑޫއިން ބަލައި ފާސްކުރަނީ، ރިލްވާން ރަހީނުކޮށްގެން ގޮސް އެރުވި ދޯނި ހަމަޖައްސައިދިން ކަމަށް ރިޕޯޓުގައި ބުނާ، ސ. ފޭދޫ ގުރަހާގެ އަގްލީލް (ކިޑޫ)ގެ ގެޔާއި އޭނާގެ ވިޔަފާރިތައް. އޭނާ ހައްޔަރު ކުރި ކަމަށް ވެސް ހަބަރު ލިބޭ. އެހެން ނަމަވެސް އެކަން ޔަގީނެއް ނުވޭ.
ހ. ނައިޓްވިއު ކައިރީގައި ވެސް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ދަނީ ހަރަކާތްތެރިވަމުން. ފުލުހުން ބުނީ މި އޮޕަރޭޝަންގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް.
ފުލުހުން މާލެއިން ފާސްކުރާ ސަރަހައްދުތަކަކީ؛
1. ކުރީގެ ޕީޖީ އޮފީސް ކުރިމަތިން ހުންނަ އިމާރާތެއް
2. ސީކްރެޓް ރެސިޕީ ރެސްޓޯރަންޓް ހުންނަ އިމާރާތް
3. ސޯޝަން މަގު ސޮޕް އެންޑް ސޭވް ކައިރީ ހުންނަ ގެއެއް
4. ގާކޮށީގެ 5 ވަނަ ފަންގިފިލާގެ ފްލެޓެއް
ފުލުހުން ބުނީ އެތަންތަން ފާްސްކުރަމުން ދަނީ މަރުތައް ބަލާ ރިޔާސީ ކޮމިޝަނުން އެދިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓް އަމުރެއްގެ ދަށުން ކަމަށް.
މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ފާސްކުރި ބައެއް ތަންތަނުން މީހުން ހައްޔަރު ކުރި ކަމަށް ވެސް ވޭ. ފާސްކުރާ ސަރަހައްދުތައް ފުލުހުން ވަނީ ބަންދުކޮށްފައި.