ސ. ހިތަދޫން އަހުމަދު ނާއިފް

އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގެ މަގުތައް ލަންކާ ސަރުކާރުގެ އެހީގައި ހެދުމުގެ މަޝްރޫއެއް މިއަދު އިފްތިތާހުކޮށްފި އެވެ.

މަރަދު އާއި ފޭދޫގެ މަގު ހެދުމުގެ މަޝްރޫއު މިއަދު މެންދުރު އިފްތިތާހުކޮށްދެއްވީ ރައީސް މުހަންމަދު ނަޝީދާ އެކު ލަންކާގެ ރައީސް މަހިންދާ ރާޖަ ޕަކްސާ ބޭއްވި ބައްދަލުވުމަށް ފަހު ރާޖަ ޕަކްސާ އެވެ.

އެ މަޝްރޫއާ ގުޅޭ ތަފްސީލެއް މިއަދު ލިބޭގޮތެއް ނުވި އެވެ.

މިއަދު މެންދުރު ފަހު ލިންކް ރޯޑުން މަރަދޫ ފެށޭ ހިސާބުގައި އެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ލަންކާގެ މޮނިއުމެން ޓްވެސް އެ މަނިކުފާނު އިފުތިތާހު ކޮށްދެއްވި އެވެ.

އެ މޮނިއުމަންޓް ފަރުމާކޮށްފައި ވަނީ ލަންކާގެ ދިދައިގައި އިންނަ ސިންގާގެ ބައްޓަމަށެވެ.