08 Sep 2019, 21:33
މެކްސްކޮމް ފަރީދީ މަގު ފިހާރައަށް ޒިޔާރަތްކޮށްގެން ހިލޭ ފޯނެއް ލިބޭ ލަކީ ޑްރޯ ޕްރޮމޯޝަނެއް އެ ފިހާރައިން ހުޅުވާލައިފި އެވެ.
މެކްސްކޮމްއިން ދޭން ނިންމާފައިވަނީ "ވާވޭ ވައި9 2019" އިގެ ފޯނެކެވެ.
މެކްސްކޮމްގެ އޮފިޝަލަކު "ސަން" އަށް މިރޭ ވިދާޅުވީ ފިހާރައަށް ޒިޔާރަތްކޮށް އެއްޗެއް ނުގަނެވެސް ލަކީ ޑްރޯގައި ރަޖިސްޓްރީކޮށްލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އެ ކުންފުންޏަށް 15 އަހަރު ފުރުމާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން ކުރިއަށްދާ ހަރަކާތެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ލަކީ ޑްރޯ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އަދި ގުރުއަތު ނެގުން މިމަހު 14 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
މެކްސްކޮމްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފޯނާއި ލެޕްޓޮޕްގެ ވިޔަފާރި ކުރަމުންދާ ކުންފުންޏެކެެވެ.
މެކްސްކޮމްއަކީ ދުނިޔޭގެ މަޝްހޫރު ކުންފުނި ޑެލްއީއެމްސީ އަދި ވާވޭގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓާވެސް މެއެވެ.