08 Sep 2019, 12:09
ނ. އަތޮޅުން ފުރައިގެން މާލެއަށް ދަތުރު ކުރަމަށް ދަނިކޮށް ރޭ ފަރަށް އެރިެ ކޮމްފޯޓް އެކްސްޕްރެސް އެމްއެޗް1 ފެރީ ލޯންޗް އެންމެ ފަހުން އަޑިއަށް ގޮސްފި އެވެ.
ބޮޑުމިނުގައި 84 ފޫޓު ހުރި އެ ފެރީ ކ. އަތޮޅު ކަގި މޯލްޑިވިސް ރިސޯޓުގެ ހުޅަނގު ފަރާތު ކަނޑުއޮޅީ ފަރަށް އަރައިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައިވަނީ ރޭ 9:46 އެހާކަންހާއިރު އެވެ.
ފުލުހުން ބުނީ އެ ލޯންޗް އަޑިއަށް ދިޔައީ ފަރުމަތިން ފުންކޮށްގެން ކ. ގާފަރަށް ގެންދަންވެގެން އެހެން އުޅަނދެއްގައި ކަފުޖަހައިގެން ދަތުރުކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:45 ގައި ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ލޯންޗް އަޑިއަސް ދިޔަ ވަގުތު ލޯންޗްގައި ފަސް މީހުން ތިބި ކަމަށާއި އެމީހުން ވަނީ ކަފު ޖަހައިގެން ދަތުރުކުރި އުޅަނދަށް ނަގައިފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ލޯންޗެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ރޭ އެ ލޯންޗް ފެރީ ފަރަށް އެރިއިރު އޭގައި 11 އަންހެނުންނާއި ހަތަރު ކުޑަކުދިންނާއި، 16 ފިރިހެނުންނުން ތިއްބެވެ.