07 Sep 2019, 18:05
ވިހި މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ކާށިދޫ ކަނޑަށް ދިޔަވަމުން ދަނިކޮށް އެމްއެންޑީއެފްގެ އެހީގައި އެ ލޯންޗް ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ޅ. ހިނަވަރުން ފުރައިގެން މާލެއަށް ދަތުރުކުރި "ކޮމްޕަސް" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވާ ކަމުގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ކަމަށެވެ. އެއާ، އެކު ސިފައިންގެ ސީއެމްބިއުލަންސްގެ އެހީތެރިކަމާ އެކު އެ ލޯންޗް ކ. ކާށިދޫ ފަޅަށް މިހާރު ވައްދާފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.
އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ލޯންޗު ދިޔަވާން ފެށީ، ކ. ކާށިދޫގެ ހަތް ނޯޓިކަލް މޭލު ބޭރުން އެވެ.