މާފަންނުގައި ހުރި މޮބައިލް ފޯނު ވިއްކާ ފިހާރައަކުން 18 ފޯނު ވަގަށް ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ ފިހާރައިން ވައްކަން ކޮށްގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ފަތިހު 05:00 ހާއިރު ކަމަށާއި، ވައްކަން ކޮށްފައި ވަނީ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ ކަމަށެވެ.

އަދި އެ ފިހާރައިން ވަގަށް ނަގާފައި ވަނީ 18 ފޯނުކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.