މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް "ރިޓަޔާ" ވާން ނިންމާފައިވާ ކަމަށް ހާމަކޮށްފިއެވެ.

އިއްޔެ ކުރި ޓްވީޓެއްގައި ނިކީ މިނާޖް ބުނެފައިވަނީ އޭނާ ރިޓަޔާވެ އާއިލާއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ނިކީ މީގެކުރީން "ކުއީން ރޭޑިއޯ"އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބުނެފައިވަނީ އޭނާ ރައްޓެހިވެގެން އުޅޭ ކެނެތު ޕެރީ އާ ކައިވެނިކުރަން ވިސްނާ ކަމަށެވެ.

ކައިވެނީގެ ކުރިން ކުރަން ޖެހޭ ކަންތައްތައް މިހާރު ކުރަމުންދާ ކަމަށާއި ކައިވެނީގެ ލައިސެންސަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

ނިކީ އެ އިންޓަވިއުގައި ބުނިގޮތުގައި 80 ދުވަހެއްގެ ތެރޭގައި ކައިވެނިކުރާނެއެވެ.

އޭނާ ރިޓަޔާކުރަނީ ކޮން ދާއިރާއަކުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނިކީ އަކީ ލަވަކިޔުންތެރިޔެއްގެ އިތުރުން އެކްޓުކުރާ އަދި ފިލްމް ޕްރޮޑިއުސްކުރާ ފަންނާނެކެވެ.