ސާކް ސަމިޓަށް ވަޑައިގެން އުޅުއްވާ އެކި ގައުމުތަކުގެ ވެރިން މާދަމާ އިން ފެށިގެން އައްޑޫ ސިޓީގައި އުޅުއްވާތީ އެ ސިޓީގެ ގުޅިފައިވާ ފަސް ރަށުގެ ތެރެއިން ގޮސްފައިވާ ޝަމްސުއްދީން ބޮޑުފަނޑިޔާރު މަނިކުފާނު މަގު ]ލިންކް ރޯޑް[ މާދަމާ އިން ފެށިގެން ސާކް ސަމިޓް ނިމެންދެން ދޭތެރެ ދޭތެރެ އިން ބަންދުކުރާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ބުނެފި އެވެ.

މަގުބަންދު ކުރުމުގެ ސަބަބުން އާއްމުންނަށް ކުރިމަތިވާނެ ދަތިތަކަށް ފުލުހުން މާފަށް އެދޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އައްޑޫ ލިންކް ރޯޑަކީ ގުޅިފައިވާ ފަސް ރަށުގެ މީހުން އެއް ރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންކުރާ ވަރަށް މުހިއްމު މަގެކެވެ.
ސާކް ސަމިޓް އޮންނާނީ މި މަހުގެ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު އެވެ.