05 Sep 2019, 16:17
އޮޅުވާލައިގެން ބިދޭސީއެއް ގެސްޓްހައުސްއަކަށް ގެންގޮސް ފޭރެން އުޅުނު ދެ ދިވެހިން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަނގުލަދޭޝްގެ ފިރިހެނަކު ގެސްޓު ހައުސްއަށް މިއަދު ހެނދުނު ގެންދިޔައީ މަސައްކަތް ދޭނެ ކަމަށް ބުނެ ކަމަށެވެ.
އެ ބިދޭސީމީހާގެ އަތުން 50 ރުފިޔާ ފޭރުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ 23 އަހަރާއި 32 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ.
ފަހަކަށް އައިސް ފޭރުމުގެ އަމަލުތައް ވަރަށް ގިނައިން ދަނީ ހިނގަމުންނެވެ. އޭގެ ތެރޭގައި ބިދޭސީންގެ އަތުން ފޭރުމުގެ އަމަލުތައް ވެސް ދަނީ ފެންނަމުންނެވެ. އަދި އަފަދަ ކަންތައްތައް ހިނގާތީ ސަމާލުވުމަށް ވެސް ފުލުހުން ދަނީ އިލްތިމާސްކުރަމުންނެވެ.