05 Sep 2019, 15:24
މާލޭގައި ސައިކަލް ވިއްކާ ލިޓަސްއިން ޖަަނަވަރީ މަގުގައި ހިންގާ ލިޓަސް އޮޓޯ މޮބައިލް ޝޯ ރޫމްގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.
ލިޓަސްގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ އެ ހާދިސާ ހިނގައިފައިވަނީ ރޭ ދަންވަރު 03:00 އެހާކަން ހާއިރު ކަމަށެވެ.
"ހަރުގަނޑަކުން ފުރަތަމަ ފަންގިފިލާއަށް އަރައި ތަޅު ހަލާކުކޮށްލައިގެން ވައްކަންކުރީ. އެއީ މެދު ސައިޒްގެ ތިޖޫރީއެއް. އޭގައި ހުންނާނެ 150،000 ރުފިޔާވަރު ހުންނާނެ" ލިޓަސްގެ އޮފިޝަލް ވިދާޅުވި އެވެ.

ލިޓަސް ފިހާރަ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ފުލުހުން ހަރަކާތްތެރިވަނީ--- ފޮޓޯ: ލިޓަސް
" އަނެއްކާ އޭގައި ހުންނާނެ އިއްޔެ ޑިސްޕެޗްކުރި ބައެއް ސައިކަލްގެ ޑަބަލް ކީއާ ޕީއޯއެސް މެޝިނަކާ ކަސްޓަމަރުންނާ ގުޅޭ މުހިންމު ލިޔެކިޔުންތައްވެސް." އޭނާ ވިދާޅުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގް ކުރުމުންދާ ކަމަށާއި އަދި މިހާތަަނަށް އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށެވެ.