08 Nov 2011, 17:32
މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ ހުކުރު ދުވަހު ފުވައްމުލަކަށް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފި އެވެ.
މީޑިޔާ އޮފިޝަލް އަލީ ނަޝާތު މިއަދު ވިދާޅުވީ މޯލްޑިވިއަންގެ 36 މީހުންގެ ޖާގައިގެ ބޯޓަކާއި 48 ފަސިންޖަރުންގެ ޖާގައިގެ ބޯޓެއް ބޭނުން ކޮށްގެން ފުވައްމުލަކަށް ހަފުތާއަކު ހަތަރު ދަތުރު ކުރަން ނިންމާފައިވާ ކަމަށާއި ފުރަތަމަ ބޯޓް ފުވައްމުލަކަށް ދިއުމަށް މާލެއިން ފުރާނީ އަންނަ ޖުމްހޫރީ ދުވަހު ހެނދުނު 7.00 ޖަހާއިރު ކަމަށެވެ.
"ހަފުތާއަކު ހަތަރު ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ، ނަމަވެސް ޑިމާންޑް އޮންނަ ވަރަކަށް ބަލާފައި ދަތުރު އިތުރުކުރަން ވެސް ޖެހިދާނެ، " ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވީ ދަތުރުތައް ކަނޑައަޅާފައި ވިޔަސް ފުވައްމުލަކަށް ދަތުރުތައް ކުރާނީ ހަފުތާގެ ކޮން ދުވަސްތަކެއްގައި ކަން އަދި ނިންމާފައި ނުވާ ކަމަށެވެ.
ދެ ފަޅުރަށާއެކު އެއް ފަހުގެ މައްޗަށް ހިމެނޭ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ހަމައެކަނި އަތޮޅުގައި ހެދި އެއާޕޯޓަށް ދާން ފިއުލް ސާޗާޖާއި ޖީއެސްޓީއާއެކު މޯލްޑިވިއަންއިން ދެ ކޮޅަށް ނަގަނީ 3194 ރ. އެވެ.