05 Sep 2019, 10:17
މިދިޔަ އާދިއްތަ ދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓެއްގައި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ، މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
އައްޑޫ ސިޓީ ހިތަދޫ ޕޯޓު ސަރަހައްދުގައި ހިނގި އެ އެކްސިޑެންޓްގައި ސައިކަލެއް ދުއްވާފައި ދިޔަ މީހަކު ކަހާލައިގެން މޫދާ ދިމާލުން ހިލަތަކުގެ މައްޗަށް ވެއްޓި އޭނާގެ ބޮލަށް ސީރިއަސް ޒަހަމްތަކެއްވި އެވެ.
އައިޖީއެމްއެޗުން ބުނީ، މިދިޔަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލަށް ގެނައި އެ މީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 8:00 އެހާކަންހާއިރު ކަމަށެވެ.