ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދަށް ބައިނަލްއަގުވާމި އެވޯޑެއް ލިބިއްޖެއެވެ.

ސައީދަށް ލިބިފައިވަނީ އޭޝިއަން ޔުޓިލިޓީ އެވޯޑްސްއިން ހޮވާ އިންޑަސްޓްރީ ލީޑާގެ މަގާމެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު "ސަން" އަށް ވިދާޅުވީ އެ ކުންފުނި ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އަދި މިއަހަރުގެ ދެކުއާޓާގައިވެސް ފައިދާ އިތުރުވެ ގެއްލުންތައް ކުޑަކުރެވިފައިވާ ކަމަށެވެ.

އެ މަގާމަކީ ކުންފުނީގެ ޕާފޯމަންސްއަށާއި ކުންފުނީގެ ތަސައްވަރަށް ލީޑާޝިޕްއަށް ބެލުމަށްފަހު ދީފައިވާ މަގާމެއްކަމަށް ފެނަކައިން މިރޭ ކުރި ޓުވީޓެއްގައި ބުންޏެވެ.

އޭޝިއަން ޔުޓިލިޓީ އެވޯޑްސްގައ ދެ ކެޓަގަރީއަކުން ފެނަކައިގެ ދެ ޕްރޮޖެކްޓެއްވެސް ވަނީ ފައިނަލް ލިސްޓްގައި ވަނީ ހިމެނިފައެވެ. އޭގެ ތެރޭގައި ބެސްޓް ރިނިއުބަލް އެނާޖީ ޕްރޮޖެކްޓް އެވޯޑާއި ބެސްޓް ޓްރާންސްމިޝަން ނެޓްވާކް އެންޑް ފީލްޑް އޮޕަރޭޝަން އެވޯޑް ހިމެނެއެވެ.

ފެނަކައިން ބުނީ އެ ދެ އެވޯޑަށްވެސް އެކި ގައުމުތަކުން 369 ކުންފުނިން ކުރިމަތިލިއިރު ތިން ކުންފުންޏަކުން އެ އެވޯޑުގެ ފައިނަލް ލިސްޓުގައި ހިމެނުނު ކަމަށެވެ.