ވިލާ ޓްރެވެލްސް އިން އަލަށް ތައާރަފުކުރި ސިލްސިލާ ލަކީ ޑްރޯގެ ފުރަތަމަ މަހުގެ ނަސީބުވެރިޔަކަށް ހުސައިން އަހުމަދު ސަންމޫން، ސ. ހިތަދޫ، ރަބާލީ ހޮވި، 30،000ރ. ކާމިޔާބުކޮށްފި އެވެ.

އޮކްޓޫބަރު މަހުގެ ނަސީބުވެރިޔަކަށް ހޮވުނު ސަންމޫނުގެ އާއިލާގެ ބޭފުޅަކާ 30،000ރ.ގެ ޗެކު ބުރާސްފަތި ދުވަހު ހަވާލުކޮށްދެއްވީ ވިލާ އެއާލައިންގެ ކޮންސަލްޓަންޓް އަބްދުލް ހަމީދު އަބްދުލްޣަފޫރެވެ.

ވިލާ ޓްރަވަލްސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ މަހުން ފެށިގެން އަންނަ މާޗް މަހުގެ ނިޔަލަށް ކުރިޔަށް ގެންދާ ލަކީޑްރޯ ހަ މަސް ދުވަސްވަންދެން މެދު ނުކެނޑި ކުރިޔަށް ގެންދާނެ ކަމަށާއި ގުރުއަތުން ހޮވޭ މީހަކަށް 30،000ރ. ނޫނީ މާލެ މެލޭޝިއާ މާލެ ދެކޮޅު ޓިކެޓް، ދެ މީހަކަށް މެލޭޝިއާ އެއަލައިންސްގެ ބިޒްނަސް ކްލާހުން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވިލާ ޓްރަވަލްސް އިން ބުނީ އަލަށް ތައާރަފު ކުރި ލަކީޑްރޯ ސަބަބުން މެލޭޝިއާ އަށް ދަތުރުކުރާ މީހުންގެ މަޤްބޫލުކަން އިތުރުވެފައިވާ ކަމަށެވެ.

ވިލާ އިން ބުނީ ކޮންމެ އަހަރެއްގެ ވެސް އަހަރީ ޗުއްޓީއާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މެލޭޝިއާ އަށް ދަތުރުކުރާ ކަމަށެވެ. އަދި ހާއްޞަކޮށް މަތީ ތަޢުލީމު ހާޞިލްކުރަން މެލޭޝިއާ އަށް ގިނަ ބަޔަކު ދާކަމަށެވެ.