ރަށު އުފެއްދުންތަކާއި ރަށު ވިޔަފާރިތައް ރަށު ބަންދުން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

ގާރާރުުގައި ވަނީ މިހާރު ވިޔަފާރިތަކަށް ހުރި ގޮންޖެހުންތަކާއި އެގޮންޖެހުންތައް ހައްލުކުރުމަށް ކުރާނެ ބައެއް ކަންތައް ހިމަނާފައެވެ.

ޖުމްލަ ހަ ކަމެއް ކުރުމަށް އެގަރާރުގައި ވަނީ ހިމަނާފައެވެ. ގަރާރުގައި ހިމަނާފައިވާ ހަ ކަންތައް:

  1. ސަރުކާރުގެ އިސްނެގުމާއެކު ރަށްތަކުގައި އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކާ ވިޔަފާރިކުރުމަށް މަގުފަހިކޮށްދިނުމަށް ޕްލެޓްފޯމެއް ގައިމުކޮށްދިނުން.

  2. ވިޔަފާރިތަކަށް މާލީ މުއާމަލާތްތައްކުމުގައި ބޭންކުތަކުން ޓްރާންސެކްޝަން ފީ އެއް ނުނެގުން. އަދި ކޮރޮސް ބޮޑާ ކޮމާސް، ޕޭޕަލް ފަދަ ކުންފުނިތަކުން ވިޔަފާރިކުރުމުގެ ފުރިހަމަ މިނިވަންކަން ދިނުން.
  3. ޕޯސްޓް ނިޒާމް ޒަމާނީ އިލެކްޓްރޯނިކް ނިޒާޟަކުން ގުޅައި، ޑެލިވަރީކުރެވޭ މުދާ އިންޝުއަރެންކޮށް ރައްޔިތުންނަށް އަގުހެޔޮކުރުން.
  4. ރާއްޖެގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ އިލެކްޓްރޯނިކް ނިޒާމަކުން ޓްރެކް ކުރެވި މުދަލަށް ޒިންމާވާ ފަރާތްތަކަށް ރިއަލްޓައިްކޮށް ފެންނާނެ ގޮތް ހެދުން.
  5. ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ މައުލޫމާތާއި ޓެކްސްގެ ނިޒާމަށް ބޭނުންވާ މައުލޫމާތު އަބަދުމެ (ރިއަލްޓައިމްކޮށް) ލިބެން ހުންނާނޭ ގޮތް ހެދުން.
  6. އޮންލައިން ސައިޓްތަކުގައި ހިދުމަތް ދިނުމަށް ވެވޭ އެއްބަސްވުމާއި، ސެކިޔޯ ސިންގަލް ސައިންއޮން ލިކްސް މެދުވެރިކޮށް އަދި ރެޖިސްޓާޑް މޯބައުލް ފޯން މެދުވެރިކޮށް ވެވޭވ އެއްބަސްވުމާއި ކުރެވޭ މުއާމަލާތްތައް ގާނޫނޯ ހައްސިއްޔަތު ދިނުމާއި ކޮންޓްރެކްޓްތަކާ ބެހޭ ގާނޫނަށް މިބައި އިތުރުކުރުން.

ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ ފައިދާ ކުރަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި ރައްޔިތުންގެ އާންމުދަނީ ހާލަތު ރަނގަޅު ކޮށްދިނުމަކީ، އެމްޑީޕީގެ އެންމެ އިސް ވައުދުކަަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.