ރަށްޓެހިވެގެން އުޅުނަސް އަދި ޕާސްވޯޑްތައް ދޭކަށް ނުޖެހޭ!
ރަށްޓެހިވެގެން އުޅުނަސް އަދި ޕާސްވޯޑްތައް ދޭކަށް ނުޖެހޭ!

ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހަކު ނަމަ ވަރަށް ގިނަ ކަންތައްތަކެއް އެކަކު އަނެކާއަށް ހިއްސާކުރާނެ އެވެ. އެމީހަކަށް ކަމުދާ ކަންތައްތަކާއި ހިތްހަމަ ނުޖެހޭ ކަންތައްތައް ވެސް އެކަކު އަނެކާއާ ހިއްސާކުރާނެ އެވެ. ޓެކްނޮލޮޖީގެ މި ޒަމާނުގައި އެހެންނަމަވެސް ބައެއް ބައިވެރިން ހިއްސާކުރަނީ ޕާސްވޯޑުތަކެވެ. ނަމަވެސް އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫން ކަން އެނގޭހެއްޔެވެ؟

އިންސާނާގެ ދިރިއުޅުމުގެ ބޮޑު ބައެއް އޮންނާނީ މިހާރު އިންޓަނެޓުގައެވެ. ތިމާގެ ގާތް އެކުވެރިންނާ ދައްކާ ވާހަކަތައްވެސް މިހާރު އޮންނާނީ ސޯޝަލް މީޑިއާތަކުގައެވެ. އެހެންކަމުން އެފަދަ އެކައުންޓުތަކުގެ ޕާސްވޯޑު އެއްޗެއްސަކީ ވަރަށް ރައްކާތެރިކޮށް ގެންގުޅެން ޖެހޭ އެއްޗެއްސެވެ. ތިމާ އެންމެ ލޯބިވާ މީހާއަށް ނުވަތަ ބައިވެރިޔާއަށް ޕާސްވޯޑް ދޭން ޖެހިލުން ވުމަކީ ގޯސް ކަމެއް ނޫނެވެ. އަދި އެފަދަ ޕާސްވޯޑެއް ދޭން ބޭނުން ނުވުމަކީވެސް ގޯސްކަމެއް ނޫނެވެ.

ކެސްޕާ ސްކައި އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން އެނގޭގޮތުގައި ރަށްޓެހިވެގެން އުޅޭ މީހުންގެ 70 ޕަސެންޓު ފަރާތްތައް އެކަކު އަނެކަކަށް ޕިން އާއި ޕާސްވޯޑް ފަދަ އެއްޗެހި ހިއްސާކުރެއެވެ. އެފަދަ އެއްޗެއް ހިއްސާ ކުރަން ބޭނުންވާނަމަ އެއީވެސް ގޯސްކަމެއް ނޫނެވެ.

"ޕާޓްނަރުން ޕާސްވޯޑް ހިއްސާކުރަނީ އެއީ އެއްބައި ފަރާތްތައް ގަބޫލުކުރާގޮތުގައި އެއީ އިތުބާރުކުރާކަން ސާބިތުވެގެންދާ އިތުރު ހަރުފަތެއް ކަމަށް،" ކައިވެނީގެ ތެރޭގައި އައިޑެންޓިޓީ ތީފްގެ މާހިރެއް ކަމަށް އަލައިނާ ޕާސަން ހާމަކޮށްފައިވެއެވެ.

އޭނާ ބުނާގޮތުގައި ޕާސްވޯޑެއް ހިއްސާކުރަން އަމިއްލަ ބޭނުންވެގެން އެކަން ކުރާނަމަ އެކަމުގައި އެއްވެސް ކަހަލަ މައްސަލައެއް ނެތެވެ.

މައްސަލައެއް އުފެދޭ ހިސާބަކީ ތިމާގެ ބައިވެރިޔާ ތިމާ ގެންގުޅޭ ފޯނާއި އެކައުންޓުތަކުގެ ޕާސްވޯޑު ހޯދުމަށް ބާރުއަޅާ ހިސާބެވެ. އެހާހިސާބުން އެއީ ގުޅުމުގައި މައްސަލައެއް އޮތް ހިސާބަށް ވެދާނެއެވެ.

ތިމާގެ ލޯބިވެރިޔާ، ތިމާގެ ޕާސްވޯޑްތައް ހޯދުމަށް ބާރު އެޅިކަމުގައިވި ނަމަވެސް އެ ދޭން ބޭނުން ނުވާނަމަ ކޮންމެހެން ދޭކަށް ނުޖެހޭނެ އެވެ. ރަށްޓެހިވެގެން އުޅޭ ކަމުގައި ވާނަމަ އެކަކު އަނެކަކަށް އިތުބާރު ކުރުން މުހިއްމެވެ. ގަދަކަމުން ޕާސްވޯޑް އެއްޗެހި ހޯދަން އުޅޭކަމުގައި ވާނަމަ އެއީ އިތުބާރު ނުކުރާ ކަމުގެ ސިގުނަލަކަށް ވެދާނެ އެވެ.