05 Sep 2019, 07:22
މިދިޔަ ހަފްތާ ބަންދުގައި ބޮލީވުޑުން ނެރުނު އެކްޝަން ފިލްމު "ސާހޯ" އަރައި ޑިޒްނީގެ މަޝްހޫރު ރީމޭކް "ދަ ލަޔަން ކިންގް" ބޮކްސް އޮފީހުގެ ތިންވަނައަށް ވައްޓާލައިފި އެވެ.
ލަޔަން ކިންގް ވައްޓާލުމަށްފަހު ސާހޯ ދެވަނައަށް އަރާފައިވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައެވެ. އެގޮތުން ފާއިތުވި ހަތަރު ދުވަހުގެ ތެރޭގައި ސާހޯއަށް ވަނީ 41 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. ލަޔަން ކިންގް އަށް އެ މުއްދަތުގައި ލިބިފައިވަނީ 27 މިލިއަން އެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އޮތީ "ފާސްޓް އެންޑް ފިއުރިއަސް ޕްރެޒެންޓްސް : ހޮބްސް އެންޑް ޝޯ"އެވެ. ފާއިތުވި ހަތަރު ދުވަހު އެ ފިލްމަށް ވަނީ 45 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.
ޕްރަބާސް އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ސާހޯ އަކީ އިންޑިއާގައި މިހާތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. އެ ފިލްމުގެ ބަޖެޓަށް 41 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.