04 Sep 2019, 12:14
ހޯމް މިނިސްޓަރު ޝޭހް އިމްރާންއާއި ފުލުހުންގެ އިސްވެރިން ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އާއިލާއާ ބައްދަލުކޮށްފި އެވެ.
މި ބައްދަލުކުރެއްވުމަށް ފުލުހުންގެ ފަރާތުން މި ބައްދަލުވުމަށް ވަޑައިގެންނެވީ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) އާއި އެސިސެޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.
އޮގަސްޓް، 8، 2014 ގައި ރިލްވާންގެ ގެއްލުވާލި މައްސަލަ ފުލުހުންގެ މުއަސަސާއިން އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކޮށްފައި ނުވާތީވެ، އާއިލާއާި ރައްޔިތުންގެ ފަރާތުން ކަންބޮޑުވުން އޭރު ފާޅުކުރިއެވެ. އަދި މިދިޔަ ހޯމަ ދުވަހު، ފުލުހުން ނެރުނު ނޫސްބަޔާނުގައި ރިލްވާންގެ ތަހްގީގް ދިޔަ ގޮތުން އެ އިދާރާ އިން ވަނީ ބުނެއެވެ.
ފުލުހުންގެ އިދާރާ އިން ކުރި ޓްވީޓެއްގައި ބުނީ، މިއަދު ހެނދުނު ރިލްވާންގެ އާއިލާއާ ބައްދަލު ކުރެއްވި ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް އަދި ބައްދަލުވުން ބޭއްވުނު ބޭނުމެއް ޓްވީޓްގައި ހިމަނާފައި ނުވެއެވެ.
ފުލުހުން ކުރި ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ، މަރު ކޮމިޝަންގެ އެ ރިޕޯޓާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއާއެކު ބައްދަލުކުރެއްވުމަށް މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރަގައި އެދިފައިވާނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހު، މަރުތައް ބަލާ ކޮމިޝަނުން ރިލްވާންް ތަހުގީގުގެ ބޮޑު ބައެއް ނިންމާއި ތަފްސީލީ ވާހަކަތަކެއް ވަނީ ހިއްސާކޮށްފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ، ރިލްވާން ގެއްލުނު ރޭ އޭނާ ކާރަކަށް އަރުވައިގެން ރަހީނުކުުރުމަށްފަހު، ކަނޑު އުޅަނދަކަށް އަރުވައި ރިލްވާން މަރާލައިފައިވާ ކަމަށެވެ. .
ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގުގެ ހުލާސާ ރިޕޯޓު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހާ ހިއްސާކޮށްފައެވެ. މަޖިލީހުން އާންމުކޮށްފައިވާ އެ ރިޕޯޓްގައިވާ ބުނެފައިވާ ގޮތުން، ރިލްވާންގެ ގެއްލުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން، ދެ މީހަކު ކަނޑުފައްތަން ތައްޔާރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ކަމަށާއި، ނަމަވެސް އެކަން ހުއްޓުވަން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ، އިންޓެލްގެ އިސްވެރިން ޒިންމާ ވާން ޖެހޭނެ ކަމަށެވެ. ރިލްވާން ބޯ ކަނޑާނުލަމަށްފަހު، ދޯންޏަށް އެރުވުމަށްފަހު، ކަރު ބުރިކޮށްލައި، ކަނޑުފައްތާފައިވާކަމަށް ސިއްރު ހެކިވެރިޔަކު ބުނެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.
ކޮމިޝަން އިން ރިލްވާންގެ ތަހުގީގުގެ މައުލޫމަތުތައް ހިއްސާކުރި ފަހުން، ރިލްވާންގެ އާއިލާގެ ފަރާތުން ނެރުނު ނުސްބަޔާނުގައި ބުނީ، ރިލްވާންގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު އެ ތަހުގީގަށް ހުރަސް އެޅި ދައުލަތުގެ އިސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށެވެ. އަދި މައްސަލައިގަ ޝާމިލްވާ ހުރިހާ ފަރާތްތަކަށް ލަސްނުކޮށް ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމަށް އައިލާގ ފަރާތުން ވަނީ އެދިފައެވެ.