04 Sep 2019, 11:40
މާލޭ ގެއަކަށް ވަދެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މާލޭ ގެއަކަށް ވަދެ ބިދޭސީއަކުް، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، އިއްޔެ އިރުއޮއްސި 7:00 އަހަކާން ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން 47 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"މި މައްސަލައާ ގުޅިިގެން ހައްޔަރު ކުރި 47 އަހަރު ބިދޭސީ މީހާގެ ބަންދަށް 10 ދުވަސް ކޯޓުން ވަނީ ޖަހާފައި،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއަހަރު މިހާތަނަށް ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރައިގެ 284 ފުލުހުންގެ އިދާރައަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިދިޔި މަހު ހުށަހެޅުނު 27 މައްސަލައާއި މިމަހު މިހާތަނަށް ހުށަހެޅުނު 4 މައްސަލައެއް ހިމެނެއެވެ.