ލިގުރިއާގައި ފެންބޮޑުވުމުން މަރުވި މީހުންނާއި ހާލުގައި ޖެހުނު މީހުންގެ ހަނދާނުގައި ބޭއްވުނު ހަމަހިމޭންކަމުގެ ސޫކޫތުގައި ގައި ހިނިތުންވެ ހުރެވުމުން ފިއޮރެންޓީނާގެ މިޑްފީލްޑަރު ރިކާޑޯ މޮންޓޮލީވޯ މައާފަށް އެދިއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކުޅުނު އިޓަލީ ލީގުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ލިގުރިއާ ގައި މުރުވި މީހުންނާއި ހާލުގައި ޖެހުނު މީހުންގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ސުކޫތުގައި އޮތެވެ. ހިތާމަވެރި މިމިނެޓުގައި ފެނުނެ އެންމެ ހައިރާން ކުރަނިވި ކަމަކަށް ޓީވީން ފެނިގެންދިޔަ މަންޒަރަކަށްވީ މޮންޓޮލީވޯ ހިނިތުންވެ ހުރި މަންޒަރެވެ.

"ހިތާމަވެރި ހަމަހިމޭން މިނެޓުގައި ހިނިތުންވެ ހުރެވުމުން އަހަރެން ހިތާމަކޮށް ލަދުވެތިވަން. އެމިނެޓު އައި ކަމެއް އަހަރެންނަކަށް ނޭނގޭ. މެޗަކަށް ނުކުތުމުގެ ކުރިން އަންނަ ވިސްނުމުގެ ސަބަބުން ވެސް އެކަހަލަ ކަންތައްތައް ކުރެވިދާނެ. އެހެން ނަމަވެސް އެއީ ސަބަބެއް ކަމަކަށް ނުބެލެވޭނެ. އެ އަމަލުގެ ސަބަބުން ހިތްހަމަ ނުޖެހުނު މީހުންނަށް މަޢާފަށް އެދި، އެ ހިތާމަވެރި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އާއިލާތަކަށް ކެތްތެރިވުމަށް ގޮވާލާ ހިތާމަކުރަން." މޮންޓޮލީވޯ ބުންޏެވެ.