08 Nov 2011, 15:41
އިނގިރޭސި ވިލާތާއި ކޮސްޓަރިކާ ދެކޮޅަށް ސްޕެއިން ގައުމީ ޓީމު މި މަހު ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ވަރުގަދަ ސްކޮޑު އިޢުލާން ކޮށްފި އެވެ.
އަނިޔާ އަށް ފަހު ކުޅުމަށް އެނބުރި އައިސްފައިވާ ބާސެލޯނާގެ ތަރި އަންދުރޭސް އިނިއެސްޓާ ވެސް މިފަހަރުގެ ސްކޮޑުގައި ހިމެނިފައި ވެއެވެ. ޔޫރަޕް އަދި ދުނިޔޭގެ ޗެމްޕިއަނުންނަށް ވޯލްޑް ކަޕްގައި މޮޅުވި ގޯލު ކާމިޔާބު ކޮށްދިނީ އިނިއެސްޓާ އެވެ.
ސްޕެއިން ކޯޗު ވިސެންޓް ޑެލް ބޮސްކޭގެ ސްކޮޑުގައި މިފަހަރު ވެސް ގިނައީ ބާސެލޯނާގެ ކުޅުންތެރިންނެވެ. ބާސާގެ އަށް ކުޅުންތެރިން ހިމަނާފައިވާއިރު، ރެއާލް މެޑްރިޑްގެ ފަސް ކުޅުންތެރިން ހިމަނާފައި ވެއެވެ. ސްކޮޑުގައި ދެން ހިމެނެނީ ޗެލްސީގެ ދެކުޅުންތެރިންނާއި އެތްލެޓިކް ބިލްބާއޯގެ ދެކުޅުންތެރިންނާއި މަލާގާގެ ދެކުޅުންތެރިންނާއި މެންޗެސްޓާ ސިޓީގެ ކުޅުންތެރިއަކާއި ލިވަޕޫލްގެ ކުޅުންތެރިއަކާއި ސެވިއްޔާގެ ކުޅުންތެރިއަކާއި ވެލެންސިއާގެ ކުޅުންތެރިއެކެވެ.
ތިރީގައި އެވަނީ އިނގިރޭސި ވިލާތާއި ކޮސްޓަ ރިކާ އާއި ދެކޮޅަށް ސްޕެއިން ގައުމީ ޓީމު މިމަހު ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑެވެ.
ގޯލްކީޕަރުން:
އިކާ ކަސިޔަލް (ރެއާލް މެޑްރިޑް)، ހޯސޭ ރޭނާ (ލިވަޕޫލް)، ވިކްޓާ ވަލްޑޭޒް (ބާސެލޯނާ)
ޑިފެންޑަރުން:
ސާޖިއޯ ރަމޯސް (ރެއާލް މެޑްރިޑް)، އަލްވާރޯ އަރްބެލޯއާ (ރެއާލް މެޑްރިޑް)، ކާލަސް ޕުޔޯލް (ބާސެލޯނާ)، ޖެރާޑް ޕީކޭ (ބާސެލޯނާ)، ޖޯޑީ އަލްބާ (ވެލެންސިއާ)، ރައުލް އަލްބިއޯލް (ރެއާލް މެޑްރިޑް)، ނާޗޯ މޮންރިއޯލް (މަލާގާ)
މިޑްފީލްޑަރުން:
ޒަވީ (ބާސެލޯނާ)، ޒަބީ އަލޮންސޯ (ރެއާލް މެޑްރިޑް)، ސާޖިއޯ ބުސްކެޓްސް (ބާސެލޯނާ)، ސެންޓި ކާޑޯޒޯ (މަލާގާ)، ޖިވީ މާޓިނޭޒް (އެތްލެޓިކް ބިލްބާއޯ)، ސެސް ފެބްރިގާސް (ބާސެލޯނާ)، އަންދުރޭސް އިނިއެސްޓާ (ބާސެލޯނާ)
ފޯވަޑުން:
ޑޭވިޑް ވިޔާ (ބާސެލޯނާ)، ޑޭވިޑް ސިލްވާ (މެންޗެސްޓާ ސިޓީ)، ފެނާންޑޯ ޓޮރޭސް (ޗެލްސީ)، ހުއާން މަޓާ (ޗެލްސީ)، ފެނާންޑޯ ލޮރެންޓޭ (އެތްލެޓިކް ބިލްބާއޯ)، ޖީސަސް ނަވާސް (ސެވިއްޔާ)