މެންޗެސްޓާ ސިޓީގެ އިނގިރޭސި މިޑްފީލްޑަރު އޮވެން ހާގްރީވްސް މުޅިން ރަގަޅު ވަމުން އަންނަ ކަމަށް އެކުލަބުގެ އެސިސްޓަންޓް ކޯޗް ޑޭވިޑް ޕްލެޓް ބުނެފިއެވެ.

ގިނަ ދުވަސްތަކަކަށް ބެޔާން މިއުނިކަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު އޯވެން ހާގްރީވްސް އަކީ އެކުލަބަށް ކުޅުނު ދުވަސްވަރު ވިދާލި ކުޅުންތެރިއެކެވެ. ނަމަވެސް މެންޔޫއަށް ބަދަލުވުމަށް ފަހު ކުރިމަތިވަމުން ދިޔަ އަނިޔާތަކާއި ގުޅިގެން އޭނާގެ ކުޅުން ދެއްކޭ ގޮތް ވެފައެއް ނުވެއެވެ. މެންސިޓީ އިން ހާގްރީވްސް ޓީމަށް ގެނައީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ޕްރެމިއާ ލީގުގައި އޮކްޓޯބަރު މަހު އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅެ 4-1 ލަނޑުން މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ފެނިލުމެއްގައި ފެނުނު ހާގްރީވްސް އަށް ލިބުނު އަނިޔާ އެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނި ނަމަވެސް ޕްލެޓް ވާހަކަ ތަކުން އެކަން ފާހަގަ ވެފައެއް ނުވެއެވެ.

"މިދިޔަ ހަފްތާ އާއި ހަމައަށް އަހަރެމެންނާއި އެކު ހާގްރީވްސް ދަނީ ފަރިތަކުރުން ތަކުގައި ބައިވެރިވަމުން. ބައިނަލް އަގުވާމީ މެޗުތައް ކުރިއަށްދާ އިރު ވެސް އޭނާގެ ފަރިތަކުރުންތައް ކުރިއަށް ދާނެ." ޕްލެޓް ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅެފައިވާ އުމުރުން 30 އަހަރުގެ ހާގްރީވްސް އަށް ލިބެމުންދިޔަ އަނިޔާތަކާއި ގުޅިގެން ހަތަރު އަހަރު ތެރޭގައި އޭނާ އެކުލަބުން ފެނިފައިވަނީ 18 މެޗުން ނެވެ.