02 Sep 2019, 16:21
އައްޑޫ ސިޓީގައި ކުރިން ކޮންވެންޝަން ސެންޓަރު ހުރި ތަނުގައި ތަރައްގީ ކުރި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އެތަން ސަރުކާރާ ހަވާލުކޮށްފިއެވެެ.
އެ އިމާރާތުގެ މަސައްކަތް ކޮށްފަައިވަނީ އެލިއާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެނެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ އެ ހޮސްޕިޓަލްގެ މަސައްކަތް މޭ 31 ވަނަ ދުވަހު ނިންމައި އެތަން އެ މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިނިސްޓްރީން ހަދަން ޖެހޭ އިންސްޕެކްޝަންތައް ހެދުމަށް ފަހު ރަނގަޅު ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފަހު މިނިސްޓްރީން އެތަން މިދިޔަ މަހު 25 ވަނަ ދުވަހު ހަވާލުވެފައިވާ ކަމަށެވެ.
"މިހާރު ކުރަމުންދަނީ އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ މަސައްކަތް. އެ މަސައްކަތް ނިމުމުން ހެލްތު މިނިސްޓްރީއާ ހަވާލުކުރެވޭނެ،" އޮފިޝަލް ވިދާޅުވިއެވެ.
އައްޑޫގައި އަލަށް ތަރައްގީ ކުރި ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށްޓަކައި އެ ހޮސްޕިޓަލްގެ ފުރާޅުގައި ވަނީ ސޯލާ ޕެނަލްވެސް ހަރުކޮށްފައެވެެ.