ބޯކޮށް ވާރޭ ވެހި ހދ. ކުޅުދުއްފުއްށީގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެ ސަރަހައްދުތަކުން ސިފައިން ފެން ހިއްކައިދީފި އެވެ.

ފެންބޮޑުވި އެ ހާދިސާގައި އެއްވެސް މީހަކަށް ވެސް އަދި މުދަލަކަށް ވެސް ގެއްލުން ލިބިފައެއް ނުވެއެވެ. ނަމަވެސް ފެން ބޮޑު ވުމުގެ ސަބަބުން އެރަށުގެ ގިނަ ބަޔަކަށް ދައްޗާ ކުރިމަތިލާން ޖެހުނެވެ.

އެމްއެންޑީއެފް ގެ މީޑިއާ އޮފިޝަލް ފަސްޓު ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވާން މެދުވެރިވީ އިއްޔެ ރޭ ދަންވަރު މެދު ނުކެނޑި އެރަށަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކަމަށާއި ފެން ބޮޑުވި ސަރަހައްދުތަކުން މިހާރު ފެން ހިއްކާ ނިމިފައިވާ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ:

First Lieutenant Abdhullah Ali (mp3)