02 Sep 2019, 13:15
މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ކިޔާފައިވާ ލަވަ "ޕަޗްތާއޯގެ" އަށް އެތައް ބައެއްގެ ލޯބި ލިބި އިންޑިއާގެ އެކި ޗާޓުތަކުގެ އެއްވަނައަށް އަރައިފި އެވެ.
މިދިޔަ މަހުގެ 25 ގައި ނެރުނު ޕަޗްތާއޯގެ އަކީ އެތައް ބައެއްގެ ހިތާ ކުޅެލި ލަވައަކަށް ވެގެންދިޔަ އެވެ. ސޯޝަލް މީޑިއާގައި އެ ލަވައަށް އެތައް ބައެއްގެ ތަރުހީބު ދަނީ އޮހެމުންނެވެ.
https://twitter.com/shammabolly/status/1168073179522355206
https://twitter.com/iMissMarwat/status/1168178794869473280
https://twitter.com/NSashidhar/status/1167789609604079616
މިއުޒިކް ވީޑިއޯ އަކާއެކުގައި އެ ލަވަ ރިލީޒްކޮށްފައިވާއިރު އެ ލަވައިގެ ވީޑިއޯ އިން ފެނިގެންދާނީ ބޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ނޯރާ ފަތޭހީ އާއި ވިކީ ކައުޝަލް އެވެ.
އެ ލަވައިގެ ވީޑިއޯ ނެރުމުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އެ ލަވައަށް ޔޫޓިއުބް އިން އެކަނި ވެސް ވަނީ 75 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފަ އެވެ.
ޕަޗްތާއޯގެ އަކީ "ޖާނި ވޭ" އަލްބަމްގައި ހިމެނޭ ލޯބީގެ ލަވައެކެވެ. އެލަވަ ލިޔެ ކޮމްޕޯސްކޮށްފައި ވަނީ ޖާނި އެވެ. އަދި އެ ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ ބީ ޕްރާކް އެވެ.