02 Sep 2019, 12:16
މިހާތަނަށް އުފެއްދި އެންމެ ކާމިޔާބު އެއް ޓީވީ ޝޯ ކަމަށްވާ "ގޭމް އޮފް ތްރޯންސް" އާ ވާދަކޮށްލާނެ ކަމަށް ބުނާ ނެޓްފްލިކްސްގެ "ދަ ވިޗާ" މި އަންނަ ނޮވެމްބަރު މަހުގައި ދެއްކުމަށް ތައްޔާރުވެއްޖެ އެވެ.
ނެޓްފްލިކްސްގެ އެގްޒެކިއުޓިވް އެއް ކަށަވަރުކޮށްދިން ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނައިގައި "ދަ ވިޗާ" ނެޓްފްލިކްސްއަށް އަންނާނެއެވެ.
މަޝްހޫރު ވާހަކަ ސީރީޒް އަށް ބިނާކޮށްގެން ތައްޔާރުކުރާ ދަ ވިޗާ އަކީ މިއަހަރުގެ އެންމެ ބޮޑު ޕްރިމިއާށް ވާނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ޝޯ ނެރުމުގެ ކުރީން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ދަ ވިޗާއަކީ ނެޓްފްލިކްސްގެ ގޭމް އޮފް ތްރޯންސް ކަމަށް ގިނަ ބަޔަކު ބުނަނީ އެ ސަބަބާ ހުރެއެވެ.
ދަ ވިޗާއަށް އެހާބޮޑު މަގުބޫލުކަމެއް ލިބިފައިވަނީ އެ ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވީޑިއޯ ގޭމްތަކުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.
ގޭމް އޮފް ތްރޯންސް ފަދައިން ދަ ވިޗާއަކީވެސް ފެންޓަސީ ޑްރާމާއެކެވެ. އެ ޝޯއިން ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަޝްހޫރު އެކްޓަރު ހެންރީ ކެވިލް ހިމެނެއެވެ. ހެންރީއަކީ ޑީސީގެ ސުޕަމޭންގެ ރޯލުން ފެނިގެންދާ ފަންނާނެކެވެ. ހެންރީގެ އިތުރުން، އާންޔާ ޗަލޯތްރާ އާއި އެޑަމް ލީވައި އާއި ޖޯދީ މޭ އަދި މިޔާނާ ބިއުރިންވެސް އެ ޝޯއިން ފެނިގެންދާނެއެވެ.