ކާމިޔާބު ފިލްމީތަރި ޓައިގާ ޝްރޮފް ހުރީ ހުސްކޮށް ކަމަށް އޭނާގެ ކޮއްކޮ ކްރިޝްނާ ޝްރޮފް ބުނެފިއެވެ.

ޝޯއެއްގެ ތެރެއިން ކްރިޝްނާ އެހެން ބުނިއިރު ޓައިގާ އާއި ދިޝާ ޕަޓޭލް ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ވަނީ ވަރަށް ބާރަށް ފެތުރިފައެވެ. އަދި އެ ދެމީހުން އެންގޭޖްކުރި ވާހަކަވެސް މީޑިއާތަކަށް ތިލަވެފައިވެއެވެ. އަދި އެދެތަރިން އަންނަ އަހަރު ކައިވެނިކުރާނެ ކަމަށްވެސް ހަބަރުތައް ބުންޏެވެ.

އެ ހުރިހާ ވާހަކަތަކެއް ދޮގުކުރަމުން ޓައިގާގެ ކޮއްކޮ ކްރިޝްނާ ބުނީ ޓައިގާ ހުރީ 100 އިންސައްތަ ހުސްކޮށް ކަމަށެވެ.

"އަހަރެން ބޭނުންވަނީ ދިޝާ އާއި އަދިތްޔާ ރޯއީ ކަޕޫރާ ގުޅުވަން،" ކްރިޝްނާ ބުންޏެވެ.

މީގެ ކުރިން ބޭރުގެ މީޑިއާތަކަށް ދިޝާ ދިން އިންޓަވިއުއެއްގައި ބުނީ ޓައިގާ "އިމްޕްރެސް" ކުރަން ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި އެކަމަކު އޭނާ އިމްޕްރެސް ވާ ގޮތެއް ނުވާ ކަމަށެވެ. ގިނަ އަހަރުތަކެއް ވަންދެއް އޭނާ ގަޔާވާ ގޮތަށް އުޅެން މަސައްކަތްކޮށް މާޝަލް އާޓްސްގެ ގިނަ ކަންތައްތައްވެސް ދަސްކުރި ކަމަށްވެސް ދިޝާ ބުންޏެވެ. މާޝަލް އާޓްސް އަކީ ޓައިގާ އެންމެ ގަޔާވާ ކަންތަކެވެ. އަދި އޭނާ ވަނީ އެ ދާއިރާއިން އެންމެ މަތީ ދަރަޖަ ބްލެކް ބެލްޓެއް ވެސް ހޯދާފައެވެ.