07 Nov 2011, 19:28
ސާކް ސަމިޓަށް ފުވައްމުލަކުގައި ވަމުންދާ ތައްޔާރީތައް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްލަވާލައްވައިފި އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކުގެ ބަންޑާރަކުޅި އާއި، ސާކް ސަމިޓުާ ގުޅިގެން އޮންނަ ޘަޤާފީ ކުޅިވަރުތައް ބާއްވާ ކަލްޗަރަލް ވިލެޖާއި، ފުވައްމުލަކުު އެއަރޕޯޓް ބައްލަވާލެއްވި އެވެ. އަދި މިއަދު ކުޅުނު ސާކް ޤައުމުތަކުގެ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.