31 Aug 2019, 17:18
ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާގެ އަގުހުރި ބަނގުރާ ފުލުހުން މިއަދު ނައްތާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ދޫނިދޫގައި ނައްތާލި ބަނގުރާތަކަކީ، 2010 އިން ފެށިގެން މިއަހަރުގެ މިހާތަނަށް ފުލުހުން ތަހުގީގުކުރި 689 މައްސަލައިގައި އަތުލައިގަނެފައިވާ ތަކެތި ކަމަށެވެ. އެގޮތުން، 8627 ފުޅި ބަނގުރާ ނައްތާލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ލަފާކޮށްފައި ވަނީ އެތަކެތީގެ މަގުމަތީ އަގު، 3.5 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނައްތާލި ބަނގުރަލުގެ ތެރެއިން އެންމެ ގިނައިން ހިމެނެނީ، ބިޔަރު ދަޅެވެ. އެގޮތުން 9834 ދަޅު ބިޔަރު ވަނީ ނައްތާލައިފަ އެވެ. އަދި 5609 ފުޅި ބްރޭންޑެޑް ބަނގުރާ އަދި ބަނގުރާ އަޅާފައި ހުރި އެހެނިހެން ޒާތްޒާތުގެ 617 އެއްޗެއް ފުލުހުން ވަނީ ނައްތާލައިފަ އެވެ.