31 Aug 2019, 10:34
ސޯޝަލް މީޑިއާ ޕްލެޓް ފޯމް ޓުވިޓާގެ ސީއީއޯ ޖެކް ޑޯޒީގެ ޓުވިޓާ އެކައުންޓް ހެކްކޮށްފި އެވެ.
އެ އެކައުންޓް ހެކްކުރުމަށް ފަހު ތަފާތު ގިނަ ޓުވީޓްތައް ވަނީ އެ އެކައުންޓް މެދުވެރިކޮށް ކޮށްފަ އެވެ. ޑޯޒީގެ އެކައުންޓް ހެކް ކޮށްފައި ވަނީ ޗަކްލް ސްކޮޑް ކިޔާ މީހެކެވެ.
ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓް ހެކްކުރުމާ ގުޅިގެން ގިނަ ބަޔަކު ނުރުހުންފާޅުކުރަމުން އަންނަ އިރު ގިނަ ބަޔަކު އަންނަނީ ޓުވިޓާ މިހާރު ރައްކަތެރިތޯ ސުވާލު އުދައްދަމުންނެވެ. އަދި އެ ޕްލެޓް ފޯމްގެ ސެކިއުރިޓީ ކުޑަކަން ވެސް އެ އަމަލުން ހާމަވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ޗަކްލް ޕޯސްޓް ކުރި ޓުވީޓްތައް ކޮށްފައި ވަނީ "ކްލައުޑް ހޮޕާ" ނަމަކަށް ކިޔާ ވަސީލަތަކުންނެވެ.
އެ މައްސަލަ މިހާރު ދަނީ ބަލުމުންނެވެ.