29 Aug 2019, 19:18
ގދ. ތިނަދޫގައި ކުނި މެނޭޖުކުރާ މަރުކަޒެއް ގާއިމުކުރުމަށް އެކުއާމެރިން ހޮލިޑޭސް ކުންފުންޏާ ހަވާލުކޮށްފިއެވެ.
މިއަދު އެންވަޔަރަމެންޓު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާއެވެ. އަދި އެކުއާމެރިން ހޮލިޑޭސް ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްރަހުމާން މުޖުތަބާ އާދަމެވެ.
މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަސައްކަތް އެކުއާމެރިން ހޮލިޑޭސް އާ ހަވާލުކޮށްފައި ވަނީ 1,395,788.10 ރުފިޔާގެ އަގަކަށް، 120 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.