ހދ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދު އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހުން ނިޔާވި ހާދިސާއާ ގުޅިގެން އެމީހުންގެ އާއިލާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށާއި، ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ހިތުގެ އަޑިން ތައުޒިޔާ ދަންނަވާ ކަމަށެވެ.

ރައީސްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މިއަދު ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި ފަސް މީހުންގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހުން ހިމެނެ އެވެ. އެއީ ދެމަފިރިންނާއި އެ ދެމީހުންގެ އަންހެން ދަރި އަދި ކާފަ ދަރިއެކެވެ.

އެމްއެންޑީއެފް އިން ބުނ،ީ ދެ ކުޑަކުދިންނާ އެކު 10 މީހުން ތިބި ލޯންޗް ބަންޑުން ޖަހާލީ ހަނިމާދޫ ބޭރު ކަންމައްޗަށެވެ. އެ ލޯންޗު ނޮޅިވަރަމްފަރުން ފުރީ މިއަދު މެންދުރު 11:10 އެހާކަންހާއިރު އެވެ.