29 Aug 2019, 16:05
މޫސުންގޯސްވެ، މޯލްޑިވިއަން އިން ހަނިމާދޫ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން އެ އެއާލައިން އިން ހަނިމާދޫ އަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކޮށްފައިވާ ކަމަށެވެ. ނަމަވެސް ފަސްކުރީ ކިހާ އިރަކަކަށް ކަމެއް އެ އެއާލައިނަކުން ނުބުނެ އެވެ.
ދަތުރުތައް ފަސްކުރީ މޫސުން ގޯސްވެ ފްލައިޓު އޮޕަރޭޓްކުރަން ދަތިވުމުން ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
މޫސުން ގޯސްވެ މާލެ އާއި ހަނިމާދޫއާ ދެމެދު ކުރާ ދަތުރުތަކާއި ހަނިމާދޫ އާއި އިންޑިއާ އާއި ދެމެދު ކުރާ ދަތުރުތައް ވެސް ފަސްކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.
އަދި ދަތުރުތައް އަލުންފެށުނުހާ އަވަހަކަށް އެކަން ފަސިންޖަރުންނަށް އަންގާނެ ކަމަށް ވެސް އެ އެއާލައިން އިން ބުންޏެވެ.