29 Aug 2019, 13:23
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ކޮޅުމަޑުލު ނޫނީ ތ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި އެ އަތޮޅު ދިޔަމިގިއްޔަށް މިއަދު ވަޑައިގެންފި އެވެ.
މިއަދު ރައީސް ދިޔަމިގިއްޔަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހާބާއެއް ކިޔައިފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިޔަމިގިލީ ކައުންސިލާއި އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ދިޔަމިގިއްޔަށްފަހު އެމަނިކުފާނު ދެން ވަޑައިގަންނަވާނީ އެއަތޮޅު ބުރުނީ އަށެވެ.
ރައީސް ކޮޅުމަޑުލަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ބައެއް އެހެން ރަށްތަކަށްވެސް ޒިޔާރަތް ކުރައްވާނެ އެވެ. ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.