ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ގުޅުމުގައި ދަތިތަކެއް ކުރިމަތި ވި ނަމަވެސް މިހާރު އެކަން ހައްލު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ 119 ހޮޓްލައިން އަދި ފުލުހުންގެ ނަންބަރު 3322111 އަށް ގުޅުމުގައި ދަތިތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި އެހެންކަމުން ފުލުހުންގެ އެހީއަށް އެދި ގުޅާނަމަ، 9888999 ނަންބަރަށް ގުޅުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެމަޖެންސީ ނަންބަރަށް މިހާރު ގުޅޭނެ ކަމަށެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ފެންބޮޑުވުމާއި އެފަދަ އެހެނިހެން އެމަޖެންސީތަކުގައި ފުލުހުންގެ އެހީއަށް އެދޭ އާންމުންގެ އަދަދު އިތުރުވެއެވެ.