15 Jun 2010, 15:16
19:00
އުމުރުން 18 އަހަރުގެ ކުއްޖަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މައްޗަންގޯޅި ސަހަރާކައިރީގައި މިއަދު ހަވީރު ހިނގި އެ މާރާމާރީ އާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި އެކުއްޖާ އަށް ފަރުވާ ދެމުންދާތީ އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަރާމާރީ ހިނގައިފައި ވަނީ މައްޗަންގޮޅީ ޕީޓްރަލް ކައިރީ އޮންނަ ޕާކުގައި އެ ކުއްޖާ ވޯލްޑްކަޕް މެޗު ބަލަން އިންދަ އެވެ.