28 Aug 2019, 23:33
ސިހުރު ހަދަން ބޭނުންކުރާ ލިޔުންތަކެއް ހދ. ކުމުންދޫގެ ގެއަކުން ފެނިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ލިޔުންތައް އަތުލައިގަތީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައިގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ތަހުގީގްކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ކުރިންވެސް ރާއްޖޭގެ އެކި ސަރަަހައްދުތަކުން ސިހުރާ ގުޅޭ ލިޔުންތައް ހުރި ފޮތްތައް އަތުލައިގެންފައިވެއެވެ. އަދި އެ ފަދަމ މައްސަލަތަކުގައި މީހުން ހައްޔަރުވެސްކޮށްފައި ވެއެވެ.