ނަމާދަށް ހުއްޓައި ވަގަށް ނަގި ފޯނެއް ވިއްކާލައިފައި ވަނިކޮށް ފުލުހުން ހޯދައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހޯމަ ދުވަހު މާލޭގެ މިސްކިތެއްގައި އަސުރު ނަމާދަށް ހުރި މީހެއްގެ އައި ފޯން އެކްސްއާރެއް ވަގަށް ނެގި ކަމަށް ރިޕޯޓްކުރުމާއެކު ސީސީޓީވީ ފޫޓޭޖްތައް ބަލައިގެން ފުލުހުން ކުރި މަސައްކަތުން އެ ފޯން އިއްޔެ ހޯދައިފައިވާ ކަމަށެވެ.

އަދި އެ ފޯން އެހެން މީހަކަށް ވިއްކާލައިފައި ވަނިކޮށް ވެރިފަރާތާ އެފޯން އަނބުރާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި އެ ފޯން ވަގަށް ނަގައި ވިއްކާލިކަމަށް ތުހުމަތު ކުރެވޭ މީހާ އިއްޔެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް އެ ދެ މައްސަލަވެސް މިހާރު ތަހުގީގް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގެ އަމަލުތައް ފަހަކަށް އައިސް އިތުރުވެފައިވާތީ ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.