މިދިޔަ ހޯމަ ދުވަހު މާލޭގެ މިސްކިތެއްގައި ނަމާދަށް ހުރި މީހެއްގެ އައިފޯނު އެކްސްއާރެއް ވަގަށް ނަގައިގެން އެ ފޯނު ވިއްކާލައިފި އެވެ.

ފުލުހުން ބުނީ، ނަމާދަށް ހުރި މީހެއްގެ އައިފޯން އެކްސް އާރެއް ވަގަށް ނަގައިގެން ރިޕޯޓް ކޮށްފައިވަނީ ހޯމަ ދުވަހުގެ ހަވީރު ފަހެއް ޖަހަނިކޮށް ކަމަށެވެ.

ގާތް ގަޑަކަށް 15 ހާސް ރުފިޔާގެ އަގުހުރި އެ ފޯނު ވަގަށް ނެގި ކަމުގެ ރިޕޯޓް ލިބުމާއި އެކު ސީސީޓީވީ ފްޓޭޖުތަކުގެ އެހީގައި، ފޯނު ވިއްކާލާފައި ވަނިކޮށް ހޯދައި އަނބުރާ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފޯނު ވަގަށް ނެގި މީހާ ފުލުހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެ ފޯނު ވިއްކާލި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ. އަދި ފުލުހުން ދަނީ އެ ދެ މައްސަލަ ވެސް ތަހުގީގް ކުރަމުންނެވެ.

މިސްކިތުން ފޯނެއް ވަގަށް ނަގާފައި ވާއިރު، ނަމާދަށް އެރުމުގެ ކުރިން އެމީހެއްގެ ތަކެތި އަމިއްލަ ޖީބުގައި ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.