28 Aug 2019, 09:08
މަގްބޫލު ފިލްމީ ތަރި އަލީ ސީޒަން އާއި އަބްދުﷲ ޝިވާޒް (މާސްކޭ)ގެ ކުރިއަށް އޮތް ފިލްމު "އަނދިރިކަން" ޝޫޓިން ފަށައިފިއެވެ.
ސީޒަން ބުނީ ފިލްމުގެ ޝޫޓިން މ. މަޑުއްވަރީގައި ޝޫޓް ކުރަން ފަށާފައިވާ ކަމަށާއި ޝޫޓިންގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ.
"އަނދިރިކަން" އެ ފިލްމުގެ ލީޑު ތަރީންގެ ގޮތުގައި ފެނިގެންދާނީ ސީޒަން، ރިޝްފާގެ އިތުރުން ޝީލާ ނަޖީބެވެ. އެ ތަރީންގެ އިތުރުން ފިލްމުން ފެނިގެންދާނީ ޝަކީލާ، ޒީނަތު އަދި ސައީދެވެ.
ޖުމްލަ ތިން ލަވަ ހިމެނޭ އެ ފިލްމަކީ އާއިލީ ޑްރާމާ އެކެވެ.
ފިލްމު ޑައިރެކްޓް ކުރަނީ ސީޒަން އެވެ. ކެމެރާ ކުރަނީ މާސްކޭ އެވެ. އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައިވަނީ އަހްމަދު ޒަރީރު އެވެ.
އަންނަ އޮކްޓޯބަރު މަހު ފިލްމު އެޅުވުމަށް އަމާޒު ހިފާފައިވާއިރު އެ ފިލްމަކީ ބެލުންތެރިން ގަޔާވާ ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ސީޒަން ދެއެވެ.