27 Aug 2019, 19:36
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް އަހްމަދު ޝިފާއު އިސްތިއުފާ ދެއްވައިފިއެވެ.
ޝިފާއު މިރޭ "ސަން" އަށް ވިދާޅުވީ އިސްތިއުފާގެ ސިޓީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވާފައިވާނެ ކަމަށެވެ.
ޝިފާއު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހު އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ، ކުރިން އެ ޓްރައިބިއުނަލްގެ ރައީސް ކަމުގެ މަގާމްގައި ހުންނެވި ހުސައިން ފާއިޒު ރަޝާދު ސިވިލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރުމުން އެ މަގާމު ހުސްވުމުންނެވެ.
ޓްރައިބިއުނަލްގެ ރައީސް ކަމަށް އައްޔަން ކުރުމުގެ ކުރިން ޝިފާއު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ލީގަލް އޮފިސަރެއްގެ މަގާމުގަ އެވެ.