27 Aug 2019, 16:47
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިސްޓަރ އޮފް ފިނޭންސްގެ ނައިބުގެ މަގާމަށް މާފަންނު ސެވެންސްޓާރ، އަހުމަދު އިމާން މޫސާ މިއަދު އައްޔަން ކުރައްވައިފި އެވެ.
އަހުމަދު އިމާން މޫސާ އަކި އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކުއީންސްލޭންޑުން އިންޓަނޭޝަނަލް އިކޮނޮމިކްސް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސލިކުރައްވާފައިވާ ބޭފުޅެކެވެ.
އޭނާ ފަހުން އަދާކުރައްވާފައިވަނީ ސްކަލް ފިޝިންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމެވެ. މީގެ އިތުރުން ދިރާގާއި މަރުކަޒީ، ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސް މަގާމުތަކެއްވެސް އޭނާ ފުރުއްވާފައިވެ އެވެ.
މިހާރުވެސް ފިނޭންސް މިނިސްޓްރީގައި މިނިސްޓަރުގެ ނައިބު ފެންވަރުގެ ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ މިނިސްޓްރީގެ ނައިބު މުހައްމަދު ފިރުޒުލް ހުސެއިން ފިރާޒް އާއި ފައިނޭންޝަލް ކޮންޓްރޯލާ ފާތިމަތު ރަޒީނާ އެވެ.