ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރައްވައި އެ މަގާމަށް ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފު އިންތިހާބުވެވަޑައިގެންފި އެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅުގެ ދައުރު މިމަހުގެ 27 އަށް ހަމަވާނެއެވެ. އެހެންކަމުން، ހުސްވާ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން މިއަދު ވަނީ އިންތިހާބެއް ބާއްވައިފައެވެ.

މި އިންތިހާބުގައި ވާދަ ކުރެއްވީ ފަނޑިޔާރު އަލީ ޝަރީފުގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލް އާއި ގދ. ފިޔޯރީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު އެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި މި އިންތިހާބުގެ ވަގުތީ ނަތީހާ އިއުލާނުކޮށްފައިވާ އިރު ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބުކުރައްވައިފައި ވަނީ އަލީ ޝަރީފެވެ.

  • ފަނޑިޔާރު އަލީ ޝަރީފު: 127 ވޯޓު

  • ފަނޑިޔާރު އަހުމަދު ހައިލަމް: 37 ވޯޓު
  • ފަނޑިޔާރު އަބްދުއްރައްޒާގު މުހައްމަދު: 1 ވޯޓު

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 178 މީހުންނަށް ލިބިގެންވާއިރު ވޯޓުލީ 167 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 93.82 ޕަސެންޓެވެ. ވޯޓުލީ 167 މީހުންގެ ތެރެއިން 2 ވޯޓަކީ ބާތިލު ވޯޓެވެ.

ދަށު ކޯޓުތަކުން ޖޭއެސްސީއަށް މެމްބަރަކު އިންތިހާބުކޮށްފައިވާއިރު ވަކީލުންގެ ފަރާތުން އަބްދުލް މާނިއު މުހައްމަދު ދާދި ފަހުން ވަނީ ޖޭއެސްސީއަށް އިންތިހާބުކޮށްފައެވެ.