މާލޭގައި ދަތުރު ކުރާ ޓެކްސީއެއްގެ ތެރޭގައި މީހަކަށް ބާއްވާފައި ދެވުނު އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ ޓެކްސީއެއްގެ ތެރޭގައި އެއް ލައްކަ ރުފިޔާ އަޅާފައި ހުރި ދަބަހެއް ބާއްވާފައި ދެވިގެން އެ ދަބަސް ހޯދަން މީހަކު ފުލުހުންގެ އެހީތެރިކަމަށް މިއަދު 16:20 އެހާކަން ހާއިރު އެދުނު ކަމަށެވެ.

އެ ދަބަސް ހޯދަން ހަރަކާތްތެރިވީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޔުނިޓުން ކަމަށް ފުލުހުން ބުންޏެވެ. އަދި ސީސީޓީވީ ފޫޓޭޖު ބަލައިގެން އެ ދަބަސް ބޭއްވުނު ޓެކްސީ ހޯދައިދީފައިވާ ކަމަށް ބުންޏެވެ.

އެ ދަބަސް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.