24 Aug 2019, 11:41
މާފަންނު ސަހަރާގައި ސިހުރު ހަދާފައި ގާކޮޅުތަކެއް ވަޅުލާފައި ހުރި ކަމަށް ބުނެ، އެ ގާކޮޅުތައް ނެގި ބަޔަކު ފުލުހުން ރޭ ހުއްޓުވައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ރޭ 23:59 ހާއިރު ހަތަރު ފިރިހެނުން ހުއްޓުވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހީންނާއި ދެ ބިދޭސީންނެވެ. ފުލުހުން ބުނީ އެމީހުންނާ ސުވާލު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށެވެ.