ލ. މާވަށުގައި އިއްޔެ ރޭ ހިންގި ދެ މާރަމާރީއަކާ ގުޅިގެން މީހެއްގެ އަތް ޒަހަމުވުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ރޭ މާވަށުގައި ހިނގި ފުރަތަމަ މާރާމާރީއަކީ އިރާކޮޅުގެ ވަގުތުގައި އެ ރަށު މީހަކު އޭނާގެ ދަރިންނާ ބައްދަލު ކުރަން ކަމަށް ބުނެ ވަޅިއެއް ހިފައިގެން ގެއެއްގެ ދޮށަށް ދިއުމާ ގުޅިގެއް ކުރިމަތިލުންތަކެއް ހިނގައި ހިނގި ހަމަނުޖެހުމެއް ކަމަށާއި އެ ހަމަނުޖެހުމުގައި ވަޅިހިފައިގެން އުޅުނު މީހާ އަށް ތޫނު އެއްޗަކުން ހަމަލާދިނީ ކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ މާރާމާރީގައި ޒުވާނާގެ އަތުގެ ތިން ތަނަކަށް ހަމަލާދީ އަތް ވަރަށް ބޮޑަށް ޒަހަމްކޮށްލާފައިވާ ކަމަށާއި އެ މީހާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށެވެ.

މާވަށުގައި ހަމަ އެރޭ ހިނގި ދެ ވަނަ މަރާމާރާއަކީ މީހަކު ދޫންޏެއް ވަގަށް ނެގި ކަމަށް ބުނެ އެ ރަށުގެ ހޮޓަލެއްގެ ތެރޭގައި ހިންގި ހަމަނުޖެހުމެއްގައި މީހެއްގެ ބޮލުގައި ގޮނޑިއަކުން ޖެހުމުގެ ސަބަބުން ހިނގި މާރާމާރީއެއް ކަމުގައި އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ފުލުހުން ބުނީ އެ ރަށުގައި ހިންގި މާރާމާރީ މިހާރު ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.