22 Aug 2019, 09:07
ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ސެމްސަންގް ގެލެކްސީ ނޯޓް 10ރާއްޖެއަށް ރަސްމީކޮށް ތައާފަރުކޮށް އެ ފޯނުގެ ޕްރީ އޯޑަރަށް ދިރާގުން ހުޅުވާލައިފި އެވެ.
މިރޭ ދިރާގު ހެޑް އޮފީހުގައި ފޯނު ލޯންޗު ކުރުމަށް ވަނީ ހާއްސަ ހަރަކާތެއް ބާއްވައިފައެވެ. މި ހަރަކާތުގައި ގެލެކްސީ ނޯޓް 10ގެ ކެމެރާ ޑެމޮންސްޓްރޭޝަނެއްވެސް ވަނީ ދައްކާލައިފައެވެ.
މިރެއިން ފެެށިގެން ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ފޯނަށް ޕްރީ އޯޑަރު ކުރެވޭނެއެވެ. ދިރާގު މެދުވެރިކޮށް ނޯޓް 10ގެ ޕްރީއޯޑަރު ދޭނަމަ ގެލެކްސީ ގަޑިން 50 ޕަސެންޓް ޑިސްކައުންޓް ވެސްލިބޭނެ އެވެ.
ދިރާގުން ސެމްސަންގު ނޯޓް 10ގެ ޕްރީ އޯޑަރު ނަގަން ފެށިއިރު 12 މަހުގެ އިންސްޓޯލްމެންޓު ޕްލޭނަކާއެކު އަދި އެއްފަހަރާ ފައިސާ ދައްކާގޮތަށްވެސް ފޯނަށް އޯޑަރު ކުރެވޭނެއެވެ.
އެގޮތުން 256 ޖީބީގެ ނޯޓް 10 ފޯނަށް ޕްރީ އޯޑަރު ދޭނަމަ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި 3499 ރުފިޔާ ދައްކަން ޖެހެއެވެ. މަހަކު ދައްކަންޖެހެނީ 1099 ރުފިޔާއެވެ. ނޯޓް 10 ޕްލަސްގެ 256 ޖީބީ އަދި 512 ޖީބީގެ ފޯނުގެ އެޑްވާންސަށްވެސް 3499 ރުފިޔާ ދައްކަންޖެހެއެވެ. އެސް10 ޕްލަސްފެ 256 ޖީބީގެ ފީނެއްނަމަ މަހަކު ދައްކަންޖެހެނީ 1289 ރުފިޔާ އެވެ. 512 ޖީބީ ނަމަ 1459 ރުފިޔާ އެވެ.
ޕްރީ އޯޑަރަށް ނަގާ ފޯނުތަކަށް ހަ މަސް ވަންދެން ފަސް ޖީބީގެ އިންޓަނެޓް ހިލޭ ލިބޭނެއެވެ. އިންސްޓލްމެންޓަށް ފޯނު ނެގޭނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށެވެ.
އެނޫން ކަސްޓަމަރުންނަށް ފުލް ޕޭމެންޓާއެކު ފޯނު ގަތުމުގެ ފުރުސަތު އެބައޮތެވެ. ނޯޓް 10ގެ އަގު އުޅެނީ 15،499 ރުފިޔާ ގައެވެ. ނޯޓް 10 ޕްލަސްގެ އަގު އުޅެނީ 256 ޖީބީ 17،599 ރުފިޔާ އަދި 512 ޖީބީ 19599 ރުފިޔާ އަށެވެ. ފުލްޕޭމެންޓް ފޯނުތަކަށްވެސް ހަ މަސްވަންދެން ފަސް ޖީބީ ހިލޭ އިންޓަނެޓް ލިބޭނެއެވެ. ކޮންމެ ކަސްޓަމަރަކަށްވެސް ޕްރީ އޯޑަރު ދެވޭނީ އެއް ފޯނަށެވެ.
ނޯޓް 10 މިދިޔަ މަހު ބާޒާރަށް ނެރުނު އިރު ދެ މޮޑެލް އެއް ވަނީ ތައާރަފު ކޮށްފައެވެ. އެއީ ނޯޓް 10 އަދި 10 ޕްލަސް އެވެ. ނޯޓް 10 ގެ ޑިސްޕްލޭގައި 6.3 އިންޗި ހުންނައިރު 10 ޕްލަސްގެ ސްކްރީނުގައި 6.8 އިންޗި ހުންނާނެއެވެ.
މި ފޯނުތަކަކީ އެމޮލެޑް ޑިސްޕްލޭ އެއް ހިމެނޭ، އިން ސްކްރީން ފިންގާ ޕްރިންޓް ސްކޭނަރާ އެކު ނެރުނު ފޯނުތަކެކެވެ. ތިން ކެމެރާ، ވަޔަލެސް ޗާޖިން ވެސް ހިމެނޭ ނޯޓް 10 ސީރީޒްގެ ފޯނުތަކުގެ ތެރެއިން ނޯޓް 10 ޕްލަސް އަކީ ތްރީ ޑީކޮށް އިމޭޖު ސްކޭން ކުރެވޭނެ ފޯނެކެވެ.
މިފަހަރު ސެމްސަންގުން ނޯޓް ސީރީޒް ނެރުނީ ރީތި ހިތްގައިމު ކުލަތަކަކާ އެކު އެވެ. ނޯޓް 10 އާއެނު ނެރުނު ސެމްސަންގް ޕެން އަކީ ބްލޫޓޫތް ސަޕޯޓު ކުރާނެ ޑިވައިސް އެކެވެ.