ބިދޭސީ އަންހެނެއްގެ އަތުން ފައިސާތަކެއް ފޭރެން އުޅެނިކޮށް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިފައިވަނީ މިރޭ 07:26 ގައި ކަމަށެވެ.

އެ ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ މަޖީދީމަގު ލަގްޒަރީ ފިހާރަ ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޑިއުޓީ އޮފިސަރެއް ކަަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފޭރުނު ފައިސާތައް އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.